ގެމަނަފުށީގައި ބިދޭސީން މާރަމާރީ ހިންގި ސަރަހައްދު-- ފޮޓޯ/ އެމްވީކްރައިސިސް

ގއ. ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެކަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގެމަނަފުށީގައި މި މާރާމާރީ ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 23:00 އެހާކަންހާއިރުއެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް