ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި އަފްލަހުގެ މައްޗަށް 6 ދައުވާއެއް އުފުލައިފި

ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ އެއް ވެރިޔާ، މާލޭ މއ. ޚައިރާތު ޢަލީ އަފްލަޙު (27އ) އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަފްލަޙުގެ މައްޗަށް ޖުމްލަ ހަ ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން، މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ތިން ދަޢުވާ.
  2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ.
  3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، އިތުބާރުކުރެވޭ
  4. މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ.
  5. ޤާނޫނުލްޢުޤޫބާތުގެ ދަށުން، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ.

ފުލުހުންގެ ތަޙުޤީޤުން އެނގިފައިވާ ގޮތުގައި، އަފްލަޙު ވަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ 11 ފެބްރުއަރީ 2026 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް