އަބްދުﷲ ޝަރީފްގެ އާއިލާއަށް، ރައީސްގެ ތަޢުޒިޔާ

ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި ކުރިން މަސައްކަތްކުރެއްވި، ލ. ދަނބިދޫ، ނިރިލި، އަލްމަރުޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާ މެދުވެރިކުރައްވައި ޝާއިޢުކުރެއްވި މެސެޖެއްގައި، މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން އިޚްލާޞްތެރި ތަޢުޒިޔާ ވަނީ ދަންނަވާފައެވެ.

އެމަނިކުފާނުގެ މެސެޖުގައި ޢަބްދުﷲ ޝަރީފަކީ ލ. ދަނބިދޫގެ ކަތީބުކަމާއި، ހިންގުމުގެ ދާއިރާގެ އެކި މަޤާމުތަކުގައި ދައުލަތަށް ވަރަށް ހީވާގިކަމާއެކު ޚިދުމަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މަރުޙޫމަށް މާތްﷲގެ ތަނަވަސް ރަޙުމަތާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް