ޔޫރަޕުން ރާއްޖޭގެ ކަނޑުމަހުން ނަގާ ޓެރިފް ކަނޑާލަން މަޝްވަރާކުރަނީ

ދިވެހިރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކުން ޔޫރަޕްގެ ބާޒާރުގައި ނަގަމުންދާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށްޓަކައި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި 20 އިންސައްތައިގެ ޓެރިފް، އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް މައާފުކޮށްދީފައެވެ. އިނގިރޭސިވިލާތުން ލިބުނު މި ލުޔާއެކު، ދުނިޔޭގެ އެހެން ބޮޑެތި ބާޒާރުތަކުގައި ދިވެހި މަހަށް ނަގާ ޓެރިފްތައް އުނިކުރުމަށްވެސް ސަރުކާރުން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާ ކުރަމުންނެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އިނގިރޭސިވިލާތުން މިހާރު ދީފައިވާ ލުޔަކީ ދާއިމީ ނިންމުމަކަށް ހެދުމަށާއި، މުޅި ޔޫރަޕްގެ މާކެޓުން ދިވެހި މަހަށް ނަގާ ޓެރިފް އެއްކޮށް ކަނޑާލުމަށް ބާރުއަޅަމުންދާ ކަމަށެވެ.

މިހާރު އޮތް ގޮތުން ޔޫރަޕްގެ ގައުމުތަކަށް ބޭރުކުރާ ގަނޑުކުރި މަހުން 22 އިންސައްތަ އަދި މަސްދަޅުން 24 އިންސައްތައިގެ ޓެރިފެއް ދައްކަންޖެހެއެވެ.

މި ޓެރިފްތައް އުނިކުރެވިއްޖެނަމަ، ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ދިވެހި އުފެއްދުންތަކަށް ބައިނަލްއަގުވާމީ މާކެޓުގައި ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް