ފޮޓޯ/ މެރިން ޕޮލިސް

މާލެއިން ފުރައިގެން އއ. ތޮއްޑުއަށް ދަތުރުކުރި "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ، އަޑިއަށް ދަނިކޮށް އޭގައި ތިބި މީހުން ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ މެރިން ޕޮލިސް ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:30 އެހާއިރުއެވެ. ލޯންޗު ދިޔަވެ އަޑިއަށް ދާން ފެށުމުން، އޭގައި ތިބި ހުރިހާ ދަތުރުވެރިން ވަނީ ރައްކާތެރިކަމާއެކު މާލެއަށް ގެނެސްފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެރިން ޕޮލިސްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) މޫސުމީ މައުލޫމާތުތައް ވަގުތުން ވަގުތަށް ހާމަކުރަމުންދާ އިރު، ދަތުރުތައް ރޭވުމުގައި މި މަޢުލޫމާތުތަކަށް ބަރޯސާވުމަކީ ރައްކާތެރިކަމުގެ ގޮތުން މުހިންމު ކަމެކެވެ.

ވަކިން ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށާއި، މޫސުން ނުރައްކާތެރި ނަމަ ދަތުރުތައް ފަސްކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް