އެމްޓީސީސީ ބަސް

އީދު ނަމާދާ ގުޅިގެން އެމްޓީސީސީގެ ބަސް ދަތުރުތަކުގެ ތާވަލަށް ބަދަލުތަކެއް ގެނެސްފައިވާކަން އެ ކުންފުނިން އާންމުކޮށްފި އެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ޢީދު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ޚިދުމަތް އާންމުކޮށް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައެވެ.

ނަމަވެސް، އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިން އެއަރޕޯޓަށް ހާއްޞަ ދަތުރުތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.

މިގޮތުން، އީދު ނަމާދުގެ ކުރިން ކުރިއަށްދާ ފުރަތަމަ ދަތުރުތައް ހެނދުނު 5:30 އިން 6:05 އަށް، އަދި ދެވަނަ ދަތުރުތައް 6:00 އިން 6:35 އަށް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މި ދަތުރުތަކަށްފަހު، މި ތިން ރޫޓުގެ ޚިދުމަތް ޢީދު ނަމާދަށް މެދުކަނޑާލުމަށްފަހު އަލުން ފަށާނީ ހެނދުނު 8:00 ގައެވެ.

މީގެ އިތުރުން، މާލެއާއި ވިލިމާލެއާ ދެމެދު ކުރާ ފެރީގެ ޚިދުމަތްތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހެނދުނު 6:30 އިން 8:15 އަށް ފެރީގެ ޚިދުމަތް މެދުކަނޑާލެވޭނެއެވެ.

އީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ 6:30 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، ނަމާދަށްފަހު ޚިދުމަތް އަލުން ފަށާނީ ހެނދުނު 8:15 ގައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް