22 ފުޅި ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހުޅުމާލޭ ފެރީ ޓަރމިނަލުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އެމްޑީ ބިލާލް މިއާ (34އ) އާއި، އެމްޑީ ޓެންވާ ރަޙްމާން އެންޓޯ (20އ) އެެވެ.

ފުލުހުން ބުނީ މޭ 24 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ދަބަސްތަކުގެ ތެރެއިން، 22 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ވެސް މިހާރު ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް