15 ރަށެއްގެ ލެބޯޓަރީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގެ 15 ރަށެއްގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިއުލާންކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ހިދުމަތް އަލަށް ވަނީ ތަޢާރަފުކޮށްފައެވެ.

މިފަހަރު އިޢުލާންކޮށްފައިވަނީ ތިރީގައިވާ 15 ރަށުގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކުރުމަށެވެ.

ލެބޯޓަރީ އިމާރާތް ކުރާ ރަށްތައް:

  1. ހއ. މުރައިދޫ
  2. ށ. ގޮއިދޫ
  3. ނ. ކުޑަފަރި
  4. ނ. ފޮއްދޫ
  5. ރ. ފައިނު
  6. ބ. ކުޑަރިކިލު
  7. ބ. ދޮންފަނު
  8. އދ. ދިއްދޫ
  9. މ. ރަތްމަންދޫ
  10. ތ. އޮމަދޫ
  11. ތ. ގާދިއްފުށި
  12. ލ. މުންޑޫ
  13. ލ. ކުނަހަންދޫ
  14. ހދ. ކުމުންދޫ
  15. ހދ. ނައިވާދޫ

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ހެލްތު މިނިސްޓްރީ ވަނީ އެދިފައެވެ.

ހެލްތު މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތް ނެތް 76 ރަށެއްގައި އެ ޚިދުމަތް ފެށުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. ލެބޯޓަރީގެ ޚިދުމަތަކީ އަސާސީ ޞިއްޙީ ޚިދުމަތަކަށް ވާތީ، ކޮންމެ ރައްޔިތަކަށްވެސް އެ މީހަކު ދިރިއުޅޭ ރަށަކުން ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް