ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މާލޭގެ މިސްކިތްތަކުން ބޭރަށް އަޑުނީވޭގޮތަށް ހެދުމަށް ސަރުކާރުން އެންގިކަމަށް ބުނެ، ދީނީ އިލްމުވެރިޔާ އާދަމް ނިޝާން ދެއްކެވި ވާހަކަތައް އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ނިޝާން ވިދާޅުވީ، ހުރިހާ މިސްކިތްތަކެއްގެ އިމާމުން މިނިސްޓްރީއަށް ހާޒިރުކޮށް، ބަންގީގެ އަޑު މިސްކިތުން ބޭރަށް ނީވޭވަރަށް މަޑުކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ރޭގެ އިޝާ ނަމާދު ބަންގީގެ އަޑުވެސް މިސްކިތުން ބޭރަށް ނީވޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މި ވާހަކަތައް ސޯޝަލް މީޑިއާގައި ދޮގުކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، މިސްކިތްތަކުގެ އަޑު ކަނޑާލަން އެންގިކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް