ކަރަންޓު ކެނޑު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި

މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރުއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އަދި ދިމާވި މައްސަލަ ހައްލުކުރަން ސްޓެލްކޯއިން ކުރި މަސައްކަތުން މިހާރު ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށްވެސް އަލުން ކަރަންޓު ވަނީ ދީފައެވެ.

ސްޓެލްކޯއިން ވަނީ އެއްވެސް ސަބަބަކާ ހެދި ކަރަންޓުގެ ހިދުމަތް ނުލިބޭނަމަ އެ ކުންފުނީގެ އެމަރޖެންސީ ހޮޓްލައިން 104 ނުވަތަ ކޯލް ސެންޓަރ 1545 ކަށް ގުޅުއްވުމަށް އެދިފައެވެ.

އަދި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް