އަދަދު ނޫހުގެ ލީވާން-- ފޮޓޯ: އަދަދު ނޫސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން، ކޯޓު އަމުރާ ހިލާފުވި ކަމުގެ ކުށުގައި ޖަލަށްލީ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ހުކުމް ފުރިހަމަކުރުމަށްފަހު މިއަދު މިނިވަންވެއްޖެއެވެ.

ލީވާންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވީ، އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ނޫހުގައި ލިޔުމެއް ޝާއިއުކުރުމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވުމުންނެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ބަންދުގައެވެ.

ލީވާން މިނިވަންވި ނަމަވެސް، ހަމަ މި މައްސަލާގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި "އަދަދު" ނޫހުގެ އަނެއް ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދިވެސް ހުރީ ޖަލު ބަންދުގައެވެ.

ޝަހުޒާންގެ މައްޗަށް ހުކުމް އައީ، ކޯޓު އަމުރު ދެމިއޮއްވައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް