ލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުން --

ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން" (އީ.ޓީ.އޭ) މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މެދުކަނޑާލުމަށްފަހު، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލުން އިޢާދަކޮށްފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފަތުރުވެރިއެއްގެ ގޮތުގައި އެ ޤައުމަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކުން ވެސް މި މަހުގެ 25 އިން ފެށިގެން އީ.ޓީ.އޭ ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.

ނަމަވެސް، ކުރިން ވެސް އޮންނަ އުޞޫލުގެ ދަށުން ދިވެހި ރައްޔިތުންނަށް އެއްވެސް ފީއަކާ ނުލައި 90 ދުވަހުގެ ޓޫރިސްޓް ވިސާ ލިބޭނެކަމުގެ ޔަޤީންކަން ހައިކޮމިޝަނުން ވަނީ ދީފައެވެ.

ސްރީލަންކާއަށް ދަތުރުކުރުމުގެ މަދުވެގެން 24 ގަޑިއިރު ކުރިން ހޯދަންޖެހޭ މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ eta.gov.lk ވެބްސައިޓް މެދުވެރިކޮށެވެ. އީ.ޓީ.އޭ ފުރިހަމަކުރުމުގައި ލަންކާ ސަރުކާރުން އެއްވެސް ޤައުމެއް އިސްތިސްނާކޮށްފައި ނުވާއިރު، ފަތުރުވެރިކަމުގެ ބޭނުމުގައި އެ ޤައުމަށް އެތެރެވާ ހުރިހާ ބޭރު ފަރާތްތަކަކަށް ވެސް މި ހުއްދަ ހޯދުން މިހާރު ވަނީ ލާޒިމުކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް