ހޮސްޕިޓަލަށް ގެންދިއުމުން ފިލި ގައިގެންދިޔަ ގައިދީ، ފުލުހުން ހޯދައިފި

ކުއްލި ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔުމުން ފިލި ގައިދީ ފުލުހުން ހޯދައިފި ކަމަށް އެ މުއައްސަސާއިން މިއަދު ހަވީރު ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނި ގޮތުގައި، ފިލާފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ލ. މާބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހުބާނެވެ. އޭނާ ފިލާފައިވަނީ ސިއްހީ އަވަސް ފަރުވާއަކަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މިއީ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލި މިފަދަ ދެވަނަ ހާދިސާއެވެ. މިދިޔަ ހަފުތާގައި އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ފިލި ގައިދީއަކުވެސް ފަސް ދުވަހުގެ ފަހުން ވަނީ ހޯދާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް