ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްހާގު ހުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިސްހާގު މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ގުޅިގެންނެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އިސްހާގު ހުސައިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 15 އޭޕްރީލް 2024 ގައެވެ.
މި ވަގުތު އެ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވަނީ ފާތިމަތު މަހީރާ މުހައްމަދެވެ. މީގެ އިތުރުން، ޓްރައިބިއުނަލްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ޝަހީމާ ސަލީމާއި، އިޝާރާ އަބްދުލްއަޒީޒްގެ އިތުރުން ސައުސަން އަލީއެވެ.



