މަހުދީގެ މަރު ހިނގި ގޮތް ފުލުހުން ތަހުގީގުކުރަން ފަށައިފި

ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގެ ތެރެއިން ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާގެ ތަޙުޤީޤު ފުލުހުން ފަށާފައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. މަހުދީ ނިޔާވީ ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޑައިވް ކުރަމުންދަނިކޮށް ހާލު ދެރަވެގެންނެވެ.

މއ. ޖަންބުގަސްދޮށުގޭ، އުމުރުން 43 އަހަރުގެ މަހުދީ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

މިއީ މުޅި ޤައުމަށް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ފާހަގަކުރެވޭ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް