ދަމަނަވެށި -- ފޮޓޯ: ޕީއެސްއެމް

މާލޭ ސަރަހައްދުގައި ޖެނެރަލް ޕްރެކްޓިސް (ޖީ.ޕީ) އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ދަމަނަވެށި ހިންގާ އިމާރާތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ދަމަނަވެށިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ދަމަނަވެށި ހިންގާ އިމާރާތާއި ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ބައި މަރާމާތުކޮށް، ފުރިހަމަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަކަށް އެތަން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މި މަރާމާތުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ވަނީ ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން، ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީ ގޮތުން ދެމުންދާނީ ތިރީގައިވާ މަރުކަޒުތަކުންނެވެ:

މާފަންނުގައި ހުންނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު.
ހުޅުމާލޭގައި ހުންނަ ޕަބްލިކް ހެލްތު ޔުނިޓާއި ޖީ.ޕީ ކްލިނިކް.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް