އައިޖީއެމްއެޗަށް ގެންދިއުމުން ފުލުހުންގެ ހައްޔަރުން ފިލި މީހަކު ހޯދައިފި

ފުލުހުންގެ ހައްޔަރުގައި ހުރެ އައިޖީއެމްއެޗަށް ގެންދިއުމުން ފިލި މީހަކު ފަސް ދުވަސް ފަހުން ހޯދައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކަސްޓޯޑިއަލް ބަންދެއްގައި ހުރި އެމީހާ ފިލީ މިދިޔަ ބުދަ ދުވަހުގެ ރޭ އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮއްވަ ކަމަށެވެ. އޭނާ ހޯދިފައިވަނީ މިއަދެވެ. ފުލުހުން ބުނީ އޭނާ އަލުން ހައްޔަރުކޮށް ފުލުހުންގެ ބަންދުން ފިލި މައްސަލަ ވަކިން ތަހުގީގުކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް