ސިއްރުން އެތެރެކުރަން އުޅުނު 2.3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު

ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2.3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް މާލޭ ކޮމާޝަލް ހާބަރުންނެވެ.

މިގޮތުން އަތުލައިގަނެވުނު ސިނގިރޭޓުގެ ޖުމްލަ އަދަދަކީ 2,304,200 ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމާއި، ސިނގިރޭޓުގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުމާ ގުޅިގެން، ޣައިރުޤާނޫނީ ގޮތެއްގައި މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރަން އުޅޭ މިންވަރު މިހާރަކަށް އައިސް ވަނީ އިތުރުވެފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް