މާލޭ ސިޓީ މޭޔަރާއި ކައުންސިލަރުން ހުވާކޮށް އިގްރާރުގައި ސޮއިކޮށްފި

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވި އައު މެންބަރުންނާއި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރަށް އިންތިޚާބުވި މެންބަރުންގެ ތެރެއިން، އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރެވުނީ ހަމައެކަނި ވިލިމާލެ ދާއިރާގެ ގޮނޑިއެވެ.
ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގަތް މެންބަރުންނަކީ:

  • އަޙްމަދު ޣާލިބް (އެމްޑީޕީ) - ހުޅުމާލެ ދެކުނު ދާއިރާ
  • އަޙްމަދު ސަނީޙް ޝަރީފް (ޕީއެންސީ) - ހުޅުމާލެ މެދު ދާއިރާ
  • ފާޠިމަތު ޒަހިއްޔާ (އެމްޑީޕީ) - ހުޅުމާލެ އުތުރު ދާއިރާ
  • ފާޠިމަތު ސަހުލާ (އެމްޑީޕީ) - ހެންވޭރު ހުޅަނގު ދާއިރާ
  • މީކާއިލް މުޙައްމަދު ރިޔާޒް (އެމްޑީޕީ) - މެދު ހެންވޭރު ދާއިރާ
  • ޢާއިޝަތު ނާޒިމާ (އެމްޑީޕީ) - ހެންވޭރު ދެކުނު ދާއިރާ
  • ފާޠިމަތު ލައިޒާ (އެމްޑީޕީ) - ހެންވޭރު އުތުރު ދާއިރާ
  • އާމިނަތު އިރާޝާ މުޙައްމަދު (އެމްޑީޕީ) - ގަލޮޅު އުތުރު ދާއިރާ
  • އިބްރާހީމް ޙަލީމް (އެމްޑީޕީ) - ގަލޮޅު ދެކުނު ދާއިރާ
  • ޙައްވާ ޝިފާނާ (އެމްޑީޕީ) - މައްޗަންގޮޅި މެދު ދާއިރާ
  • ޚަދީޖާ މުޙައްމަދު (އެމްޑީޕީ) - މައްޗަންގޮޅި އުތުރު ދާއިރާ
  • ފަރުހާން ޝަފީޢު (އެމްޑީޕީ) - މައްޗަންގޮޅި ދެކުނު ދާއިރާ
  • މުޙައްމަދު ރިލުވާން ޢަލީ (އެމްޑީޕީ) - މާފަންނު ހުޅަނގު ދާއިރާ
  • ޢާއިޝަތު ހަނާ (އެމްޑީޕީ) - މާފަންނު މެދު ދާއިރާ
  • އިބްރާހީމް ލަބާން ޝަރީފް (އެމްޑީޕީ) - މާފަންނު ދެކުނު ދާއިރާ
  • ޙުސައިން ފުރުޝާން (އެމްޑީޕީ) - މާފަންނު އުތުރު ދާއިރާ
  • އިބްރާހީމް ސަމާހު (ޕީއެންސީ) - ވިލިމާލެ ދާއިރާ

ކައުންސިލް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއާއި ގުޅިގެން ރައީސް ޑރ. މުހައްމަދު ވިދާޅުވީ ރައްޔިތުން އިސްލާހުކުރަން ބޭނުންވި ކަންކަން ރަނގަޅު ކުރައްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ކެބިނެޓަށް ބޮޑެތި ބަދަލުތައް ގެނެސްފައިކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް