ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުންތަކެއް ހޯދުމުގެ އޮޕަރޭޝަނުގައި އުޅުއްވަނިކޮށް، ސިފައިންގެ ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، އޭނާގެ ކަށުނަމާދު މިރޭ 22:00 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މަހުދީ ނިޔާވީ ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތުގެ ތެރެއިން ޑީކޯވެގެން، ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މަހުދީގެ މޫނު ދެއްކުން މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާއިރު، ކަށުކަމާއި ކެމީގެ ކަންކަން ކުރިއަށްދާނީ މާފަންނު އާސަހަރާގައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސިފައިންގެ ރަސްމީ ޢަސްކަރީ ޢިއްޒަތުގައެވެ.
މި ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެދުމެކެވެ.



