ޑައިވިންއަށް ދިޔަ ފަސް މީހުން މަރުވިކަމަށް ބުނެވުނީ އޮޅުމަކުން، މަރުވެފައި އޮއްވާ އަދި ފެނުނީ އެކަކު

ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުންގެ ތެރެއިން އަދި ފެނުނީ އެކަކު ކަމަށް ފުލުހުން ބުނެފި  އެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ މީގެ ކުރިން ފަސް މީހުން ވެސް މަރުވެފައި އޮއްވައި ފެނިފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދިނުމަށް ފަހު އެވެ.

ފުލުހުން ބުނީ  މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި  ކަމަށެވެ.

މިހާތަނަށް މަރުވެފައި އޮއްވާ ފެނިފައިވަނީ އެކަކުކަމަށް ފުލުހުން ބުނެއެވެ. އެހެންމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާދިސާގައި ގެއްލުނު ފަސް މީހުންނަކީ ވެސް އިޓަލީ މީހުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް