މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނާޒިމް އެ މަގާމުން ވަކިކުރުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. މި ނިންމުމާ ގުޅިގެން، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ސޮއި ހަމަކޮށް، ރަސްމީކޮށް މަޖިލީހުގެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ނާޒިމް މަގާމުން ވަކިކުރުމާ ގުޅޭގޮތުން ޕީއެންސީގެ މެންބަރުންގެ މެދުގައި މީގެ ކުރިންވެސް މަޝްވަރާތަކެއް ކުރެވުނު ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، އެ ވާހަކަތައް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވަނީ މީގެ ކުރިން ދޮގުކުރައްވާފައެވެ. މީ

ގެ އިތުރުން، ނާޒިމްގެ މައްސަލަތަކެއް ފުލުހުން ބަލަމުންދާ ކަމަށް ދެކެވުނު ވާހަކަތައް ވެސް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ މީގެ ކުރިން ބާތިލްކުރައްވާފައެވެ.

މި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅުގައި، އިއްޔެ ހެނދުނު ނާޒިމް ވަނީ ޕީއެންސީގެ މެންބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕުން ވެސް ވަކިކޮށްފައެވެ. އަދި އިއްޔެ އޭނާ ރިޔާސަތު ބަލަހައްޓަވަން ހަމަޖެހިފައި އޮތް މަޖިލީހުގެ ޖަލްސާއަށް ޕީއެންސީގެ އެއްވެސް މެންބަރަކު ހާޒިރުވެވަޑައިނުގަތުމުގެ ސަބަބުން، ކޯރަމް ހަމަނުވެގެން ޖަލްސާ ވަނީ ކެންސަލް ކުރަން ޖެހިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް