މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑަށް ކުނި އެޅި ލޯންޗެއް ޖުރިމަނާކޮށްފި
ލޯންޗަކުން މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނިއަޅުމުން ޖުރިމަނާކޮށްފިއެވެ. މޭ މަހުގެ 12 ވަނަ ދުވަހު ލޯންޗަކުން މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނިއަޅާފައި ފުރި މައްސަލާގައި އިއްޔެ  މިލޯންޗް އަނބުރާ މާލެ އައުމުން، މާލޭގެ އުތުރުފަރާތު 1 ނަންބަރ ޖެޓީގައި އޮއްވާ މާލެސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުން މިލޯންޗު ހޯދުމަށް ފަހު ޖޫރިމަނާ ކޮއްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. މިފަދަ މައްސަލަތަކީ 11/2010 އާޢްމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފް އަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނާކަމެއްކަމުގައިވާތީ، މަގުތަކާއި އާއްމު ތަންތަނަށް ކުނިނޭޅުމަށް މާލެސިޓީ ކައުންސިލުން އިލްތިމާސް ކުރެއެވެ. މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް މާލެގައި ދިރިއުޅުއްވާ ފަރާތްތަކާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް