ޔޫއޭއީ އާއި ޤަތަރަށް ސަފީރުން އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވައިފި

ކުރީގެ ދެ މިނިސްޓަރަކު ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅުންގެ ނަން ފޮނުއްވައިފިއެވެ.

އެއީ ކުރީގެ ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމްގެނަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އާދަމް ޝަރީފް ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަންކުރައްވަން ނަން ފޮނުއްވާފައެވެ. އަދި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ތާރިގު އައްޔަންކުރައްވަން ވަނީ ނަން ފޮނުއްވާފައެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

އާދަމް ޝަރީފާއި އޭރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް