ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭގެ ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 މޭ 13 ވަނަ ދުވަހުގެ 22:12 އެހައިކަންހާއިރު ކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެ ކަމަށާއި، މި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް