މިމަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަސް ބަންދުކޮށް ބޮޑު އީދު ބަންދަށް ހަފްތާއެއް ދިނުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމެވީ އީދު ބަންދާ ގުޅިގެން އާއިލާއާ އެކު ގިނަ ދުވަސް ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށް، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ.
މިއާ އެކު މި މަހުގެ 22 ވާ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 30އާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ މި މަހުގެ 27 ވާ ބުދަ ދުވަހެވެ. އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.




