ކަރެކްޝަންސްގެ ކުރީގެ އޭސީޕީއަށް އަލުން ވަޒީފާ ދޭން ހުކުމްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް، މުހައްމަދު އާސިފް، އޭނާ ވަޒީފާއިން ވަކިކުރި ނިންމުން ބާތިލުކޮށް، އެ މަގާމަށް އަލުން އިޔާދަކޮށްދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޕްރިޒަންސް ކްލަބުގެ ފައިސާ ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ދިގު މުއްދަތެއްގެ ސަސްޕެންޝަނަކަށް ފަހު، އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގަ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވަނީ، އާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް، ނުހަމަ ގޮތެއްގައި ކަމަށެވެ. އެ ނިންމުމާ ގުޅިގެން، ސިވިލް ކޯޓުން ވަނީ ދައުލަތުގެ މައްޗަށް ދެ އަމުރެއް ނެރެފަ އެވެ.

އެއީ، އޭނާ ކުރިން ފުރަމުން ގެންދިޔަ މަގާމަށް ވަގުތުން އަލުން އައްޔަންކުރުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގެ ހުރިހާ މުސާރައެއް ހަމަޖައްސައިދިނުމަށް ކުރި އަމުރެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް