އަންނަ މަހު ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވަނީ

ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތައް އަންނަ މަހު އަލުން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ޝުޢޫރުތައް އޮޅުންފިލުއްވުމަށް ބާއްވަވާ މި ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައިވެސް ބާއްވަވާނެ ކަމަށެވެ.

އެގޮތުން، ރަސްމީ ދަތުރުފުޅުތަކާއި މަސައްކަތުގެ ތާވަލު ތަންދޭ މިންވަރަކުން، ކޮންމެ ހަފުތާއަކުވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އާންމު ރައްޔިތުންގެ އިތުރުން އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ހޯއްދެވުމުގެ ބައްދަލުވުންތައްވެސް ކުރިއަށް ގެންދަވާނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް