ނަޝީދު ވިދާޅުވަނީ ސީޔޫބީއެންއަކީ ސްކޭމެއް ނޫން ކަމަށް

މި ދުވަސްވަރު މީސްމީޑިއާގައި އިޝްތިހާރު ކުރަމުންދާ ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް (ސީޔޫބީއެން) އަކީ އޮޅުވާލުމެއް ނޫން ކަމުގެ ޔަގީންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ. އެ މަޝްރޫއުގެ ރަސްމީ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، ރައީސް ނަޝީދަކީ އެ ނެޓްވޯކުގެ ބައިނަލްއަގުވާމީ ލަފާދޭ ބޯޑުގެ މެންބަރެކެވެ.

ސީޑަބްލިއު ކްރިޕްޓޯ ޓޯކެންގެ އިތުބާރާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ނަޝީދު ވިދާޅުވީ، ދުނިޔޭގެ މާލީ ނިޒާމަށް އަންނަ ބަދަލުތަކާ އެކު ޑިޖިޓަލް ފައިސާގެ ތަޖުރިބާތައް ކުރެވެމުންދާ ކަމަށެވެ. ސީޔޫބީއެން އަކީ ކޮމަންވެލްތުގެ 56 ގައުމެއްގެ އިތުރުން މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ބައެއް ގައުމުތަކާ ގުޅުންހުރި، އަދި 19 ގައުމަކުން ރަސްމީކޮށް ބަލައިގަނެފައިވާ ހަމަތަކެއްގެ މައްޗަށް ބިނާވެފައިވާ މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، މި މަޝްރޫއު ހިންގަނީ ހަރުދަނާ ގަވަނެންސް އޮނިގަނޑެއްގެ ދަށުން، ދެފުށް ފެންނަ ގޮތަށް ފައިސާ ހޯދައިގެން ކަމަށެވެ. އަދި މިއީ ދުރާލާ ރޭވިފައިވާ މާލީ މޮޑެލެއްގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އާންމުންގެ އަތުން ފައިސާ ހޯދުމަށް ހިންގާ ޕްރީސޭލްތަކާއި، ވަކިވަރަކަށް ފައިދާވާނެ ކަމަށް ބުނެ ދޭ ގެރެންޓީތަކ ފަދަ މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް މި މަޝްރޫއުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް