ރައިސް ޑރ. މުހައްމަދު މުއިއްޒު

ސިފައިންގެ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ބަނޑޭރިކޮށި ހިމެނޭ ސަރަހައްދުގައި ވަރަށް އަވަހަށް ހައުސިން މަޝްރޫއުއެއް ފައްޓަވާނެކަން ރައިސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.

ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންނާއި އެ ބޭފުޅުންގެ އާއިލާތައް ދިރިއުޅޭ ބަނޑޭރިކޮށި ސަރަހައްދަށް އެއްވެސް ބަދަލެއް ނައިސް، އެ ތަން ތަރައްގީނުވެ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ބަނޑޭރިކޮށީގެ ހާލަތު މިހާރު ހުރި ގޮތް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ސަރަހައްދުގެ ފެންވަރު މަތިކޮށް، ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް އަމަލީ ގޮތުން ފެށިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ބަނޑޭރިކޮށްޓަކީ ސިފައިން ޚިދުމަތުގައި ދެމިތިބޭ މުއްދަތުގައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އެ ބޭފުޅުންނާއި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ތަނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މުޅި ބަނޑޭރިކޮށި ސަރަހައްދުގައި ޒަމާނީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް، މި އަހަރުގެ ތެރޭގައި އަމަލީ މަރުހަލާއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަ

ދި އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ސިފައިންނަށް ޚާއްސަ މި ބޮޑު ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ސިފައިންނަށް ޚާއްސަކޮށްފައިވާ ކޯޓާ އިތުރުކުރުމަށް ސަރުކާރުން ގަސްދުކުރާ ކަމަށްވެސް ރައީސް އިއުލާނު ކުރެއްވިއެވެ. ބަނޑޭރިކޮށްޓަކީ މިހާރުވެސް ސިފައިންގެ ޚިދުމަތުގައި ދެމިތިބި ގިނަ ބަޔަކާއި އެ މީހުންގެ އާއިލާތައް ދިރިއުޅެމުންދާ ތަނެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް