މަޖިލިސް މެންބަރުން ޕާޓީން ވަކިކުރެވޭނެ އުސޫލު ކަނޑައަޅާ ބިލް ހުށައަޅަނީ

ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައަޅާ ބިލު އަންނަ ހަފުތާގައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ހާމަކުރައްވައިފިއެވެ.

މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން، ޕާޓީން މެންބަރަކު ވަކިކުރާނެ ގޮތުގެ ގާނޫނީ އޮނިގަނޑެއް އޮތުމަކީ ލާޒިމު ކަމެކެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވިދާޅުވީ، މި ބިލަކީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން އެކުލަވައިލާ ބިލެއް ކަމަށެވެ.

ބަންޑާރަ ނައިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބިލު މަޖިލީހަށް ހުށަހެޅުން މިހާތަނަށް ލަސްވީ އެންޓި-ޑިފެކްޝަން މާއްދާއާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ، އެ މައްސަލައިގެ ނިންމުމަކަށް އިންތިޒާރު ކުރުމުގެ ގޮތުންނެވެ. ނަމަވެސް، މިހާރު ބިލުގެ މަސައްކަތް މުޅިން ނިމިފައިވާތީ، އަންނަ ހަފުތާގެ ތެރޭގައި އެ ބިލު މަޖިލީހަށް ފޮނުއްވާނެ ކަމުގެ ޔަގީންކަން އުޝާމް ދެއްވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް