200 ގުރާމް ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ސެލްޓަން، މުޙައްމަދު ރަޝީދު (49އ) އެވެ. މި މެއި މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ސިނަމާލެ ފުލެޓް ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 261.93 ގުރާމެވެ. މި މައްސަލައާ ގުޅިގެން، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ސައިކަލު ބަލައިފާސްކޮށް އެ ދެ ސައިކަލު ވަނީ ޓޯކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް