ލަންކާގައި މިފްކޯގެ އުފެއްދުންތައް ރަސްމީކޮށް ތައާރަފްކޮށްފި

މިފްކޯގެ މަހުގެ އުފެއްދުންތައް ސްރިލަންކާގައި ތައާރަފްކޮށްފިއެވެ.

މި ރަސްމިއްޔާތުގައި، މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސަގާފީ "މަލާފަތެއް" ވަނީ ތަޢާރަފުކޮށް ދައްކާލާފައެވެ. މިއީ މިފްކޯގެ "ވެލިއު-އެޑެޑް" މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް، ވަސަންތަ ސަމަރަސިންހަ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ވިޔަފާރީގެ ގުޅުމަށް މި އިސްނެގުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކާބޯތަކެތި ތައްޔާރުކޮށް ދައްކާލުމަށް ޚާއްޞަ ކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވައި، މިފްކޯގެ ބްރޭންޑްގެ ދަށުން ފޯރުކޮށްދެވޭ އުފެއްދުންތައް ބައްލަވާލައްވައި، ތައްޔާރުކޮށްފައިވާ ބައެއް ކާނާގެ ރަހަ ބައްލަވާލައްވާފައެވެ.

މި ހަރަކާތް ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް