ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލޭގައި ފުލުހުންގެ ކާރެއްގައި ސައިކަލެއް ޖެހި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ މާލެ، ބޮޑުތަކުރުފާނު މަގު، ޓޯ ޔާޑު ކައިރީ ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި، ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލްގައި  ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވާއިރު މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް