އިޝާ އަޝްރަފު
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އީޝާ އަޝްރަފް މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އީޝާ  ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާފައިވަނީ ހުޅުމާލޭ ފޭސް 1ގައި ހުންނަ ފުލުސް އޮފީހަށް މިރޭ 9ގައި ހާޒިރުވުމަށެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އީޝާ އަޝްރަފުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލްކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ވަނީ އަމުރުކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުގައި ވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އަމުރުގައި ބުނެފައިވަނީ  އަދަދު ނޫހުން ގެނެސްސިން އައިޝާ ޑޮކިއުމެންތްރީ އުފެއްދުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭކަމަށެވެ. އަދި އޭނާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ޖިނާއީ ތަޙުގީގެއްގެ ގޮތުގައި ކުރިއަށްގެންދާ މި މައްސަލައަކީ ސިޔާސީ ދާއިރާ އާއި މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އީޝާގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެކަން ކަށަވަރުކޮށްދެއްވަމުން، ޝަމީމް ވަނީ ބައެއް މީޑިއާތަކަށް އެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ޝަމީމަކީ ޖިނާއީ މައްސަލަތަކުގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ، އަދި ދައުލަތުގެ އެންމެ އިސް ގާނޫނީ ވަކީލުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ރައީސް މުޢިއްޒަށް އަމާޒުކޮށް އާންމުކުރި ޑޮކިއުމަންޓްރީގެ މައްސަލަ ފުލުހުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުގީގު ކުރަމުންނެވެ.

ނަމަވެސް، މި މައްސަލައިގައި އީޝާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަފުސީލެއް ފުލުހުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް