ލަންކާއާ ރާއްޖެ ގުޅިގެން މަސައްކަތްކުރާނީ ރައްޔިތުނަށް ފައިދާވާނެ ނަތީޖާތަކެއް ނެރެން: ރައީސް

ސްރީލަންކާ އާއި ރާއްޖެ ގުޅިގެން މަސައްކަތްކުރާނީ ދެ ގައުމުގެ ވެސް ރައްޔިތުންނަށް ފައިދާވާނެ ނަތީޖާތަކެއް ނެެރުމުގެ އަމާޒުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސް އޮފީހުގައި ދެ ގައުމުގެ ރައީސުން މިއަދު ދިން ގުޅިފައިވާ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ތަފާތު އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

މިއަދު ލަންކާއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިފައިވާ ކަމަށާއި ދެ ގައުމުގެ އަމާޒަކަށް މިހާރު ވެފައިވަނީ ނަތީޖާ ނެރުމާއި ކުރެވޭ މަޝްވަރާތަކާއި އެއްބަސްވުންތަކުގެ ފުރިހަމަ ފައިދާ ރައްްޔިތުންނަށް ކުރާނެކަން  ކަަށަވަރުކުރުން ކަމަށެވެ.

ދެގައުމުގެ ދެމެދުގައި މިއަދު މަޝްވަރާކުރެވޭ މައިގަނޑު ދާއިރާއަކީ އިގްތިސޯދީގޮތުން ގުޅުން ބަދަހިކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ވިޔަފާރީތަކުގެ ގުޅުންތަކާއި އާ ވިޔަފާރީގެ ފުރުސަތުތައް ދެ ގައުމަށް ވެސް ހަމަހަމަ ކަމާއެކު ލިބޭނެގޮތަަކަށް މަސައްކަތްތައް ކުރަން މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މާދަމާ ބާއްވާ ބިޒްނަސް ފޯރަމަކީ ދެ ގައުމުގެ އިންވެސްޓަރުންނަށާއި ވިޔަފާރިތަކުގެ ގުޅުންތައް ބަދަހިކުރަން ލިބޭނެ މުހިންމު ޕްލެޓްފޯމެއް ކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. މަޝްވަރާކުރެވެމުންދާ މުހިންމު ކަންތައްތަކުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، ބީއެމްއެލްގެ ހިދުމަތް ލަންކާގައި ފެށުމަށާއި ރާއްޖޭގެ މަހުގެ އުފެއްދުންތައް ލަންކާގެ މާކެޓަށް ނެރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް