މޯލްޑިވްސް ޕޮލިސް ސާވިސްގެ އިމަޖެންސީ ނަންބަރު 911 އަދި ހޮޓްލައިން ނަންބަރުތަކަށް މައްސަލައެއް ދިމާވެ، ހިދުމަތަށް ބުރޫއަރައިފިއެވެ.
ފުލުހުން ވަނީ ދެންމެ އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓަކުން މިކަން ހާމަކޮށްފައެވެ.
ޓެކްނިކަލް މައްސަލަ ދިމާވި ހޮޓްލައިންތަކަކީ 3322111 އަދި 3322112 އެވެ. މީގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ގުޅުމަށް ހަމަޖައްސާފައިވާ 911 އަށް ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވަނީ އިމަޖެންސީ ކަންތަކަށް މިވަގުތު 9888999 އަށް ގުޅުމަށް އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ދިމާވި ސީދާ ސަބައެއް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ދަނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.



