އެސްޓީއޯ އިން ބޭޔަ ބްރޭންޑްގެ ފާމަސޫޓިކަލް ތައާރަފްކޮށްފި

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާ ހަރުފަތަކަށް ގެންދިއުމަށް އެސްޓީއޯ ހެލްތުކެއާ އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނި "ބޭޔަރ"ގެ އުފެއްދުންތައް މިއަދު ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މި އުފެއްދުންތައް އިފްތިތާހުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތާއި، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ބާއްވާފައިވަނީ ހޮޓެލް ޖެންގައެވެ.

މި ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ފުންނާބުއުސް މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތަކާއި ބޭސްތައް ދިވެހި ސިއްހީ ދާއިރާއަށް ތައާރަފުކުރުމެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކުގެ އިތުރުން، ހޯމޯނަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ހޯދިފައިވާ އެންމެ ފަހުގެ ފަރުވާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވުނެވެ.

މީގެ އިތުރުން، އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކަށްވެސް މި ބައްދަލުވުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް