ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ޒިޔާރަތްކުރައްވައި އެ އޮތޯރިޓީގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން އެންޑީއެމްއޭގެ އިސް ބޭފުޅުންނާއެކު މަޝްވަރާކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އަލްފާޟިލާ ޢާއިޝަތު ޞަފޫރާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް