ހދ. އިން ފެށިގެން ބ. އަތޮޅަށް ވައިޓް އެލާޓް

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން، ހދ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މެޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:15 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށެވެ.
މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން، އިއްޔެ ވެސް އައްޑޫ އަދި ފުވައްމުލައް ސިޓީ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވުމުގެ ފުރުސަތު އޮތުމުން، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް