ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓް އޮފީހުން ދެންމެ ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް، 14:00އިން ފެށިގެން 20:00އަށް ވައިޓް އެލާޓް ނެރެފައެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ކުރިން ކުރާ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެކެވެ.
މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.




