ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) ޕާޓީގެ ތަރުޖަމާނަކަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސަވައިފި އެވެ.

ފިރުޒުލް އަކީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިހާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.

ފިރުޒުލް ހުންނެވީ ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ތަރުޖަމާނަށް ފިރުޒުލް, ހަމަޖައްސާފައިވާއިރު ސަރުކާރަށް މުހިންމު ބައެއް ބަދަލުތައް ވެސް ރައީސް ވަނީ ގެންނަވާފަ އެވެ.

ކޮންގްރެސް އިން ވަނީ މެންބަރުންގެ ނަމުގައި ފިރުޒުލްއަށް މަރުހަބާ ކިޔާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް