އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފިއެވެ.

ޒާހިދު މަޤާމުން އިސްތިޢުފާ ދެއްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އީސީގެ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެޗްއާރްސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް