އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަނަށް ހާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރަކަށް އަލްތާފް
އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރަކަށް، ޑރ. އަލްޠާފް ޢަދްނާން އިސްމާޢީލް ވެވަޑައިގެންފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން "ފޭސްބުކް"ގައި ކުރި ޕޯސްޓެއްގައިވަނީ، އުރަމަތީ ކެންސަރުގެ ސާޖަރީން ފެލޯޝިޕް ފުރިހަމަކުރެއްވި އަލްޠާފަށް މަރުހަބާ ދަންނަވައިފަ އެވެ.

އެ ހޮސްޕިޓަލުން ބުނީ، އަލްތާފްގެ ތަޖުރިބާގެ އަލީގައި ހުޅުމާލޭ ހޮސްޕިޓަލުން ދޭ ހިދުމަތް ކުރިއަރައިދާނެ ކަމަށެވެ.

އަލްތާފަށް އެޕޮއިންޓްމަންޓް ބޭނުން ނަމަ، 1417 އަށް ގުޅުމަށް ހުޅުމާލެ ހޮސްޕިޓަލުން އެދެއެވެ. އަލްތާފް ސަބް-ސްޕެޝަލިޓީ ފުރިހަމަކުރެއްވީ އިންޑިއާއިންނެވެ.

މެޑިސިން ކިޔަވައި ވިދާޅުވުމަށްފަހު، 2015ވަނަ އަހަރު އަލްޠާފް ފުރަތަމަ މަސައްކަތްކުރެއްވީ އައިޖީއެމްއެޗުގައެވެ. އެއަށްފަހު، އޮޕަރޭޝަނަށް ޚާއްސަވެ، 2020ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، އަދި 2022ވަނަ އަހަރު ޓްރީ ޓޮޕް ހޮސްޕިޓަލުގައިވެސް މަސައްކަތްކުރެއްވިއެވެ.

ރާއްޖޭގައި އަންހެނުންގެ ތެރޭގައި އެންމެ ގިނައީ ކެންސަރުގެ ބާވަތެއް ކަމަށްވާ އުރަމަތީ ކެންސަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް