ރުކަކުން ވެއްޓި އަނިޔާވި މީހާ ނިޔާވެއްޖެ

ކުޅުދުއްފުށީ ސިޓީގައި ރުކަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނާ މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ، އުމުރުން 36 އަހަރުގެ ހުސައިން ޝިފާޒެވެ.

ޝިފާޒް ރުކުން ވެއްޓުނީ މި ހިނގާ މަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ރުއްތަކެއް ކޮށައި ސާފުކުރުމުގެ ތެރޭގައެވެ. އޭނާ ވެއްޓިފައިވަނީ އާދަޔާ ހިލާފަށް ދިގު ރުކަކުންނެވެ.

ރުކުން ވެއްޓުމުގެ ސަބަބުން އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދިޔައީ ހާލު ދެރަވެގެން ވެންޓިލޭޓަރުގެ އެހީގައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް