ފީއަލީގައި ފުރާޅު ސާފުކުރަން އުޅުނު ދެބެއިން ކަރަންޓުގައި ޖެހި އަނިޔާތަކެއް

ފ. ފީއަލީގައި ގެއެއްގެ ފުރާޅު ސާފުކުރަން އުޅުނު އެއްބަނޑު އެއްބަފާ ދެބެއަކު ކަރަންޓުގައި ޖެހި، ލިބުނު އަނިޔާތަކަށް ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނަށެވެ.

ރަށުން ލިބުނު މަޢުލޫމާތަށް ބަލާއިރު، މި ދެބެއިން ކަރަންޓުގައި ޖެހުނީ ދިރިއުޅޭ ގޭގެ ފުރާޅު ސާފުކޮށް ނިންމުމަށްފަހު ފައިބަން އުޅުމުގެ ތެރޭގައި، މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި އަތްލެވުމުގެ ސަބަބުންނެވެ.

ކަރަންޓުގައި ޖެހުމާއެކު ދެ މީހުން ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓުނު އިރު، މި ހާދިސާގައި އެކެއްގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

މި ދެ ޒުވާނުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ފ. ނިލަންދޫއަށް ގެންގޮސްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް