ރ. ރަސްގެތީމު

ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓްކުރި މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރ. ރަސްގެތީމު ސޯސަންގެ އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފްގެ ހަބަރެއް ނުވެ 2 ދުވަސްވެފައިވާ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ 21:53ހާއިރު އޭނާ ދިރިއުޅޭ ގެއަށް ފުލުުހުން ވަނީ ވަދެފައެވެ.

ގެއަށް ވަދެ ބެލިއިރު އެމީހާ ނިޔާވެފަ އޮއްވާ ފެނިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައެއް ނުވާކަމަށް ފުލުހުންވަނީ ބުނެއެވެ.

އިބްރާހީމް ޔޫސުފަކީ އެކަނި ދިރިއުޅެމުންދިޔަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް