އެ ވަގުތުގެ މަންޒަރުތަކުން ފެންނަ ގޮތުގައި، މީހަކު މޭޔަރަށް ހަމަލާދޭން އުޅުމުން އޭނާ ހުއްޓުވީ އާޒިމްގެ އަރިހުގައި ތިބި މީހުންނެވެ. ފުލުހުން ހާމަކުރި ގޮތުގައި، އެއްވުމުގެ ތެރެއިން މޭޔަރަށް އަމާޒުވި މި ހަމަލާގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. ރައީސް ނެރުއްވި ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، މޭޔަރަކީ ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ބޭފުޅަކަށް ވާއިރު، އެއްވެސް ސިޔާސީ ޝަޚުޞިއްޔަތަކަށް އެބޭފުޅެއްގެ މަސައްކަތުގެ މާހައުލުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގައިވެސް ބިރުދައްކައި ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ކޮންމެ ރައްޔިތަކަށްމެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.




