ބެންކޮކްގައި އޮންނަ ގްރޭންޑް ހަލާލް މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފި

ތައިލެންޑް ބެންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަހަރު ޖުލައި މަހުގެ 15 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ގްރޭންޑް ހަލާލް ބެންކޮކް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެ އަށް ހުޅުވާލައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މިއީ ތައިލެންޑުގެ ސެންޓްރަލް އިސްލާމިކް ކައުންސިލް އިން ރަސްމީކޮށް އެއްބާރުލުންދީގެން ބާއްވާ، އެގައުމުގެ ހަމައެކަނި ބައިނަލްއަގުވާމީ ހަލާލް ސިނާއަތުގެ މައުރަޒެކެވެ.

މިމައުޒަރުގައި ރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކާއި، ސަރުކާރުގެ މުއައްސާސާތަކުން ބައިވެރިވުމަށް، މައުރަޒު އިންތިޒާމު ކުރާ ފަރާތުން ވަނީ ދައުވަތު އަރުވާފައެވެ.

މިމައުޒަރަކީ ތިން ދުވަހަށް ދެމިގެންދާ، ޙަލާލް ސިނާއަތާ ގުޅުންހުރި ތަފާތު ދާއިރާތައް ހިމެނޭ މައުޒަރެކެވެ. މީގެތެރޭގައި ކާބޯތަކެތީގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ސިއްހީ ދައިރާ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން، ބީ2ބީ ސެޝަންތަކުގައި ބައިވެރިވާން ޝަރުތުހަމަވާ ފަރާތްތަކަށް ޕްރީމިއަމް ސްޕޮންސަރޝިޕް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

މިމައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 31 މެއި 2026 ގެ ކުރިން، މި މައުރަޒުގެ ރަސްމީ ވެބްސައިޓް (grandhalalbangkok.com) މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރެއްވުން މިނިސްޓްރީން ވަނީ އެދިފައެވެ.  އަދި މައުރަޒާ ބެހޭ އިތުރު މައުލޫމާތު ގްރޭންޑް ހަލާލް ބެންކޮކް ގެ ވެބްސައިޓް (grandhalalbangkok.com) އިންވެސް ލިބޭނެއެވެ.

މިމައުޒަރާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުން އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް