މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލަދީފި

އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ބަޔަކު ހަމަލާދީފިއެވެ.

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ ހަރަކާތް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދެވީ އާޒިމެވެ.

މުޒާހަރާގެ ބައިވެރިން ހެންވޭރު ސަހަރާ ސަރަހައްދުން ހިނގާފައި ދަނިކޮށް، ކުއްލި ގޮތަކަށް ޒުވާނަކު އާޒިމްގެ ކުރިމައްޗަށް އަރައި އޭނާގެ މޭގައި ޖަހައި ކޮއްޕާލާފައިވެއެވެ.

މި ހާދިސާ ހިނގީ ޓީވީތަކުން މުޒާހަރާ ވަގުތުން ދައްކަމުން ދަނިކޮށެވެ. އާޒިމް ކޮއްޕާލުމާއެކު، އެއްވުމުގައި ތިބި ބައެއް މީހުން އޭނާގެ ދިފާއުގައި ނުކުމެ އެ ޒުވާނާ ދުރަށް ޖެއްސިއެވެ. އަދި އެ ވަގުތު އެމްޑީޕީގެ ބައެއް ސަޕޯޓަރުންގެ މެދުގައި އުފެދުނު ނުތަނަވަސްކަން ކޮންޓްރޯލް ކުރުމަށް ޕާޓީގެ އިސް ބޭފުޅުން މަސައްކަތް ކުރެއްވިއެވެ.

މި ހަމަލާއާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ގަޕޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭޔަރު އާޒިމަށް ދިން ހަމަލާ ވަގުތުން ތަހުގީގު ކުރަންޖެހޭ ކަމަށާއި، އޭނާއަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް